ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ކްރެޑިޓް އޮފިސަރ

މިކުންފުނީގެ ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުން ވެއްޖެއެވެ.

މަޤާމު: ކްރެޑިޓް އޮފިސަރ

އަދަދު: 01

ޝަރުޠު: ފައިނޭންސް ނުވަތަ އިކޮނޮމިކްސް އިން ޔުނިވާސިޓީ ޑިގްރީއެއް ހާސިލުކޮށްފައިވުން، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

މުސާރަ: ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް

މީގެ އިތުރުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް -/50 ރުފިޔާ ދެވޭނެއެވެ. އަދި ކުންފުނީގެ ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރަންސާއި ޓްރެއިނިންގއާއި އެހެނިހެން ޢިނާޔަތްތައް ފޯރުކޮށްދެވޭނެއެވެ.

ވީމާ، ޝަރުޠު ހަމަވާ އަދި މިވަޒީފާޔަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ސިޓީ ފޮނުއްވުން ނުވަތަ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ.

ފޯމް www.hdfc.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ. 4 ވަނަ ފަންގިފިލާ،

ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ

15 ރަޖަބު 1436

04 މޭ 2015
ހޯދާ