މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ބައުވެ މައްސަލަ ޖެހި ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމާގުޅޭ

މި މިނިސްޓްރީން އެކިދުވަސްވަރު ބޭނުންކުރަމުން ދިޔަ ބައުވެ މައްސަލަޖެހި ހަލާކުވެފައިވާ ބައެއް ތަކެތި ތިންވަނަ ފަހަރު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާއިގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.

1-     ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ޢުމަރު ޒާހިރު އޮފީސް ޢިމާރާތް، 3 ވަނަ ފަންގިފިލާ، އޯކިޑްމާ ހިނގުން، ހުޅުމާލެ،

2-     ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ޙާޟިރުވާންޖެހޭ ގަޑި: 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 09:00 އަށް.

3-     ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.

4-     އިއުލާނުގެ ވަނަ: 3

5-     ނީލަން ކިޔުމަށް ހަމަޖެހިފައިވާ ލޮޓްގެ ޢަދަދު:  03، 04، 05،

6-     ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް: 1511

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ވީމާ،ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެލެއްވުންއެދި، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 މޭ 2024
ހޯދާ