ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ ޤުރުއާން މުބާރާތް 1445

ނަޑެއްލާ ސްކޫލް ދަރިވަރުންނާއި ނަޑެއްލާގެ އާންމު ފަރާތްތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ ގޮތުންނާއި ޤުރުއާނުގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން މި އަހަރުވެސް ނަޑެއްލާ ކައުންސިލްގެ ފަރާތުން 2 ކެޓަގަރީއަށް ބަހާލެވިގެން ނަޑެއްލާ ކައުންސިލް ޤުރުއާން މުބާރާތް 1445 ގެ ނަމުގައި  ޤުރުއާން މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ސްކޫލް ދަރިވަރުންނަށް ސްކޫލުން ފޯމު ލިބެން ހުންނާނެއެވެ.  އަދި އާންމު ފަރާތްތަކުގެ ކެޓަގަރީއިން ބައިވެރިވާން ބޭނުންވާ ފަރާތަތަކުން ތިރީގައިވާ ގޫގަލް ފޯމު ފުރިހަމަކޮށްދެއްވުން އެދެމެވެ.

ގޫގަލް ފޯމް ލިންކް: https://tinyurl.com/Quran123RG  

މި ޤުރުއާން މުބާރާތުގެ ޤަވާއިދު މި ލިންކުން: https://tinyurl.com/quran1445 ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 03 ޖޫން 2024 ގެ 14:00 އެވެ. މީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

 

 

27 މޭ 2024
ހޯދާ