މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ދަނޑުބިން ދޫކުރުން

ވަގުތީ ދަނޑުބިން ދޫކުރުން

ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 02 އަހަރުދުވަހުގެ މުއްދަތަށް ދަނޑުވެރިކަމަށް ޚާއްޞަ ކުރެވިގެން ފުޓްބޯޅަ ދަނޑުގެ އުތުރުން އޮތް ކުރީގެ ނާސަރީ ބިމުން 2 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަގުތީ ދަނޑުބިމުގެ ގޮތުގައި ދޫކުރެވޭ މި ބިންތަކަކީ، ކުއްޔަށް ދޫކުރެވޭ ބިންތަކަށް ނުވާތީ އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު 18 އަހަރުން މަތީގެ މުލަކުގެ ކޮންމެ ގޭބިސީއަކުން 01 ފަރާތަކަށް އޮންނާނެއެވެ. ބިން ދޫކުރެވޭނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.

ވީމާ، މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ 2 ބިމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ދަނޑުވެރިކަމަށް ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމް" ނަންގަވާ 2024 މޭ 30 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ފޯމްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ފަހު، އެފަރާތްތަކުގެ މެދުގައި 2024 ޖޫން 02 ވަނަ ދުވަހުގެ 13:00ގައި ގުރުނެގުން މި އިދާރާގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.

27 މޭ 2024
ހޯދާ