ދިވެހިރާއްޖެ
މަޤާމު: |
އެސިސްޓެންޓް އޮފިސަރ |
ވަޒީފާގެ ދާއިރާ: |
ކ.ތިލަފުށި އިންޖީނުގެ |
ބޭނުންވާ އަދަދު: |
01 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/5740 ރުފިޔާ އާއި -/10,000 ރުފިޔާ އާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އިގޭ ފަރާތެއް ކަމުގައިވުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
ކ.ތިލަފުށި އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓުގެ ޚިދުމަތް ދެވޭތަންތަނުން ރީޑިން ނެގުމާއި، ބިލްހެދުމާއި، ބިލް ހަވާލުކުރުން. |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
17 މޭ 2015 ދުވަހުގެ 15:00 ގެ ކުރިން |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވޭނެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. މި މަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 17 މޭ 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 18 ރަޖަބު 1436 |