އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ އީދި ސަމާ 1445 ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ހޭންޑް ބޯލް މުބާރާތާއި ގުޅޭ

އިޢުލާން

 

އައްޑޫ އީދި ސަމާ 1445 ފާހަނގަ ކުރުމުގެ ގޮތުން ބާއްވާ ހޭންޑް ބޯލް މުބާރާތާއި ގުޅޭ:

                        1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިއަވަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީގައި ޤާއިމްވެފައިވާ ސަރުކާރުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށާއި އަދި ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ހަމައެކަނި އަންހެން ކަނބަލުންނަށެވެ.

                    މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު މީދޫ އަވަށު އޮފީހުން އަދި މިއޮފީހުގެ ރަސްމީ  ފޭސްބުކް  ޕޭޖްއިން ޑައުންލޯންޑް ކުރެވެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 05 ޖޫން 2024 ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގެ ކުރިންނެވެ. މި މުބާރާތުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 02:00 އަށެވެ.

 

18 ޛުލްޤަޢިދާ 1445

26 މެއި 2024

26 މޭ 2024
ހޯދާ