މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރެވޭ ގޯތިތަކުގެ ޕްލޮޓްތަށް ޢާއްމުކުރުމާއި ގުރުއަތުލުން އޮންނަ ތާރީޚް ޢާއްމުކުރުން

މިރަށުން 13 މާރިޗު 2024 ވަނަ ދުވަހު، ދިރިއުޅުމަށްޓަކައި ދޫކުރެވުނު 29 ބަންޑާރަގޯތީގެ ތެރެއިން، އިރުމަތީ އަވަށުންދޫކުރެވުނު 11 ބިމެއްގައި ގަބުރުހުރެދާނެކަމަށް ޝައްކުކުރެވިފައިވާތީވެ، އެބިންތަކުގެ ބަދަލުގައި، ހުޅަނގު އަވަށުން ގޯތިދޫކުރުމަށް ބިނާވެށި ޕްލޭނުގައި ފާހަގަކުރެވިފައިވާ ސަރަހައްދުން 11 ބިމެއް ދޫކުރުމަށް ވަނީނިންމިފައެވެ. 13 މާރިޗު 2024 ވަނަ ދުވަހު ގޯތިދޫކުރެވުނު އެންމެހައިފަރާތްތަކަށް ހަމަހަމައުސޫލުން ހުރިހާބިމަކައްމެ (ގުރުއަތުގައި ބައިވެރިވެ) ވާދަކުރުމުގެ ފުރުސަތު ދިނުމަށްޓަކައި، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

އެހެންކަމުން، 13 މާރިޗު 2024 ވަނަދުވަހު ގޯތިލިބުނު ފަރާތްތަކުގެ ތެރެއިން މިގުރުއަތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ އެންމެހައި ފަރާތްތަކުން، 29 މޭ 2024 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް އެކަން ލިއުމުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިކަމަށްޓަކައި ބޭއްވޭ ގުރުއަތުލުން އޮންނާނީ 30 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ޕްރީ ސުކޫލު ހޯލުގައި ކަމުގައި ދަންނަވަމެވެ. ގުރުއަތުލުމުގައި ގެވަޅުލިބިފައިވާ ފަރާތުގެ ބަދަލުގައި އެހެންބޭފުޅަކު ބައިވެރިވާނަމަ ގެވަޅުލިބިފައިވާ ފަރާތުގެ ސިޓީއެއް ގެންނެވުމަށްވެސް ދަންނަވަމެވެ.

 

                  އިޢުލާނާއެކު ގަބުރުހުރިކަމަށް ލަފާކުރެވޭ ބިންތަކާއި އަލަށްދޫކުރެވޭ ބިންތަކުގެ ޗާޓު އާންމުކުރީމެވެ.

26 މޭ 2024
ހޯދާ