ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލް ކަޕް 2024ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  

         މިއަހަރު (2024) ބާއްވާ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 15 ވަނަ ދުވަހުއެވެ.

 

         ވީމާ، މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމް/ކުލަބުތަކުން 2024ޖޫން 10 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި އެކު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ އާއި އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިތާރީޚުގެ ކުރިން ޓީމެއް/ކުލަބެއް އަލަށް މި މުބާރާތުގައި ބައިވެރިވާނަމަ ރަޖިސްޓްރީގެ ކަންކަން ކޮށްނިންމަންވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ ގެ ތަފްސީލް

-       ފުޓްބޯޅަ މުބާރާތް : -/2000 ރުފިޔާ

-       ހޭންޑްބޯޅަ މުބާރާތް: -/1000 ރުފިޔާ

26 މޭ 2024
ހޯދާ