ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކ. ހުރާ ކައުންސިލް އިދާރާގެ ބޮޑުކުރުން

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ ކ. ހުރާ ކައުންސިލް އިދާރާ ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ދެވަނަ އިޢުލާނު ނަންބަރު IUL)221-PP/221/2015/40) އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.

ވީމާ، މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކ. ހުރާ ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކ. ހުރާ ކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

17 ރަޖަބު 1436

06 މޭ 2015
ހޯދާ