މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ފޮއްދޫ " ހަޒާރުމާގެ " ކިޔާ ބަންޑާރަ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ގުޅޭ

މިރަށު " ހަޒާރުމާގެ " ކިޔާ ބަންޑާރަ ގޯއްޗަށް ނ. އަތޮޅު އޮފީހުން ( ނ.އަތޮޅު ކައުންސިލް އިދާރާ) ހައްދައިދީފައިވާ ނަންބަރ 27 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އެގޯތީގެ ވެރިފަރާތުން މިއިދާރާއަށް ހުށައަޅާފައިވެއެވެ.

                  ވީމާ، އެރަޖިސްޓްރީއާއި ބެހޭ މައުލޫމާތު ލިބިލައްވާފައިވާ ފަރާތެއްވާނަމަ، 2024 ޖޫން 03 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން މިއިދާރާއަށް އެކަން އަންގަވައި ދެއްވުން އެދެމެވެ.

                      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.            

26 މޭ 2024
ހޯދާ