މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި ވުޒާރާގެ ހަވަނަ ފަންގިފިލާގައި ޕާރޓިޝަން ޖެހުމަށް

     މި ވުޒާރާގެ ނަންބަރު (IUL)13-E/13/2024/137 (19  މެއި 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

     ދެންނެވިފައިވާ އިޢުލާނާ ގުޅިގެން މަޢުލޫމާތު ކަރުދާސް ޙިއްސާކުރެވިފައި ނުވާތީ، ބިޑް ހުށަހެޅުމުގެ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

     އަންދާސީ ހިސާބު ހުށަހެޅުން: 30 މެއި 2024، 13:30 އަށް

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected]  މެއިލް ކުރެއްވުމަށް ދެންނެވީމެވެ.

     އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 މޭ 2024
ހޯދާ