ދިވެހިރާއްޖެ
މާލޭގެ މަގުތައް ބަންދުކުރެވިފައިވާގޮތް ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މާލޭގެ މަގުތައް ބަންދުކުރެވިފައިވާގޮތް ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 21 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/116) އާ ގުޅިގެން އެއްވެސް ބޭފުޅެއް އަގު ހުށަހަޅައިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
16 ރަޖަބު 1436