ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ސާފުކުރުމާއި ގުޅޭ

                                                           އިޢުލާން                                     

                 ހޯރަފުށިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތަކާއި، ސަރުކާރު މުވައްސަސާތަކާއި ކުންފުނިތަކަށް ދޫކޮށްފައިހުރި ބިންތަކާއި އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ވަނީ މި އިދާރާއަށް ފާހަގަ ކުރެވިފައެވެ. ބަންޑާރަގޯތި / ބިން ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ގޯތިތެރެއާއި ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ވިނަނޮޅާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައިވެއެވެ.

                 އެހެންކަމުން ގޯތި/ބިން ދޫކުރެވުނުއިރު ކޮށްފައިވާ ޝަރުތުތަކާއެއްގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ވިނަނޮޅާ ކުނިކަހައި ސާފުކުރުމަށް އިލްތިމާސް ކުރަމެވެ. މަގުތާރު އަޅާފައިވާ މަގުތަކާއި އިންވެގެން ހުރި ގޯތިތަކުންވެސް ޕޭވްމަންޓްގައިހެދިފައި ހުންނަ ވިނަނޮޅާ ކުނިކަހައި ސާފުކުރަންވާނެއެވެ.

                 މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                                 15 ޛުލްޙިއްޖާ 1445

23 މޭ 2024
ހޯދާ