ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ދޫކުރުން

     މިރަށު ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށް އޮތް މިކައުންސިލްގެ ހުސްބިމުން 3500( ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ 3 ބިން ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތައް ހިންގުމަށް މީލާދީ 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.  

     ވީމާ، ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުރާސްފަތި

06 ޖޫން 2024

13:00

     މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

     މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 މޭ 2024
ހޯދާ