ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

     މިރަށު މިސްކިތްމަގު މައިޒާނާ އިންވެގެން އޮތް ކައުންސިލްގެ ހުސްބިން، މީލާދީ 10 (ދިހައެއް) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.

     ވީމާ، އެހެނިހެން ވިޔަފާރި ކުރުމަށް މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މި އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުދަ

05 ޖޫން 2024

13:00

     މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށްލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، އެހެނިހެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމުގެ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

     މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 މޭ 2024
ހޯދާ