މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަންކިޔުން

އިޢުލާން

ބައު ތަކެތި ނީލަންކިޔުން

            މިއިދާރާއިން ބައުވެ ހަލާކުވެގެން ނަގާފައިވާ ތަކެތި ނީލަންކިޔުން 2024 ޖޫން 8 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި މިއިދާރާގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިއިދާރާއަށް ދެއްކެވުމަށްފަހު 5  ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

            23 މެއި  2024  

23 މޭ 2024
ހޯދާ