ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ 10 ސިނޮލޮޖީ ހާޑް ޑިސްކް ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ 10 ސިނޮލޮޖީ ހާޑް ޑިސްކް ވިއްކާނެ ފަރާތެއް ހޯދުން  

މި އޮފީހަށް ބޭނުންވާ 10 ސިނޮލޮޖީ ހާޑް ޑިސްކް ވިއްކާނެ ފަރާތެއް ހޯދުމަށް 14 މޭ 2024 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2024/35 އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް 3 ފަރާތުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ. 

މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2024 މޭ 28 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް، މިދަންނަވާ މައުލޫމާތު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީ ވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 މޭ 28 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2024 ޖޫން 3 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނައިފައިވާނެއެވެ. 

15 ޛުލްޤަޢިދާ 1445

23 މޭ 2024
ހޯދާ