މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖޭގައި ހައްދާ މޭވާ/ތަރުކާރީ/ ފަލަމަޑީގެ ބާވަތްތައް އިންދާ ހެއްދުމާއި ގުޅޭ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރަށްރަށުގެ ގޯތިތެރޭގައާއި ހުސްބިންތަކުގައި ޖާގަ އޮތްމިންވަރަކުން ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް މުހިންމު މޭވާ/ތަރުކާރީ/ފަލަމަޑީގެ ބާވަތްތައް އިންދާ ހެއްދުމަށް އެހީތެރިވުމުގެ ގޮތުން ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން އިންދާ އާލާކުރުމަށްޓަކައި ގޭބިސީ ތަކަށް ބެހުމަށް ކަނޑައެޅިފައިވަނީ ބަނބުކެޔޮ ، އަލަ، މުރަނގަ، ފަތްކެޔޮ ( ބޮންތިރަތްކެޔޮ/ފުސްކެޔޮ/މާޅޮސްކެޔޮ) އަދި ޖަނބުރޯލު ގަހެވެ.

ނަންނޯޓް ކުރާ ކޮންމެ ގޭބިސީއަކަށް ގަސް ހަދިޔާ ކުރުމަށް އެވުޒާރައިން ކަނޑައަޅާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • ނަންނޯޓްކުރާ ކޮންމެ ގޭބިސީއަކަށް 2-4 އަލަ
  • ނަންނޯޓްކުރާ ކޮންމެ ގޭބިސީއަކަށް ބަނބުކެޔޮ، މުރަނގަ ، ޖަނބުރޯލު ކޮންމެ ބާވަތަކުން 1 ގަސް
  • ފަތްކެޔޮ ކޮންމެވެސް 1 ބާވަތަކުން 1-3 ނިރު

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ގަސްތައް އިންދާ ހެއްދުމަށް ޝައުޤުވެރިވެލައްވާ ގޭބިސީތަކުން 2024 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ ނަންބަރު 6540051 އާއި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 މޭ 2024
ހޯދާ