މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަލަހިޔާ ޢިމާރާތުގެ މަރާމާތާއި ބެހޭ

            ނަލަހިޔާ ޢިމާރާތުގެ ދެފަރާތުގެ އަސްކެންޏާއި ދެކޮޅުބިތުގެ ސީލިންގު ބަނދަލު ކުރުމާއި އަދިވެސް ކުރަންޖެހޭ ބައެއްކަހަލަ މާރާމާތުތައް ހުރުމާއިއެކު މިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

       

            ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ  ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.     

 

ތަން

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުން

28 މެއި 2024

އަންގާރަ

11:00

ބިޑު ހުށަހެޅުން

04 ޖޫން 2024

އަންގާރަ

13:15

      

23 މޭ 2024
ހޯދާ