މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށްޓަކައި 2 (ދޭއް) މަސްދުވަހުގެ މުއްދަތަކަށް 6 (ހައެއް) ލޭބަރުން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކައުންސިލުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށްޓަކައި 2 (ދޭއް) މަސްދުވަހުގެ މުއްދަތަކަށް 6 (ހައެއް) ލޭބަރުން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށްޓަކައި 2 (ދޭއް) މަސްދުވަހުގެ މުއްދަތަކަށް 6 (ހައެއް) ލޭބަރުން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. މި ބީލަމުގައި ބައިވެރިވެވޭނީ ވި ބީލަމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ މިއިޢުލާނާއި އެއްގޮތަށް ނަންނޯޓްކޮށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  1. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، 2024 ޖޫން 4 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް، [email protected] ނުވަތަ މި އިދާރާގެ ވައިބަރ ނަންބަރު 7380052 މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ނަންނޯޓް ކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެއެވެ.
  1. މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
  1. މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ތިރީގައި މިވާ ނަންބަރު ތަކާއި ގުޅުއްވުން އެދެމެވެ. ނުވަތަ ލިޔުމުން މި އިދާރާއަށް ފޮނުވުން އެދެމެވެ.
  • 7965507 – އަޙްމަދު ރުޒާނު (ކައުންސިލްގެ ނައިބުރައީސް).
  • އީމެއިލް: [email protected]
  1. މި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  1. މި ބީލަމާއި ގުޅިގެން ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 10 ވާ ހޯމަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. 2024 ޖޫން 10 ވާ ހޯމަ ދުވަހުގެ 13:00 ގެ ފަހުން ބީލަން ހުށައެޅުމަށް ވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 މޭ 2024
ހޯދާ