މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތަކެތި ހޯދަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން ބޭނުންވެއެވެ.

- 2 ލެޕްޓޮޕް

- 1 ކަލަރ ލޭޒަރ ޖެޓް ޕްރިންޓަރ / ސެޓްފިކޭޓް ޕްރިންޓްކުރެވޭ ފެންވަރު

- 1 ލޭޒަރ ޖެޓް ޕްރިންޓަރ

- 4 ކެމެރާ

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 18 ވާ ހޯމަ ދުވަހުގެ 10:00އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

18 ރަޖަބު 1436       

07 މޭ 2015
ހޯދާ