ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.

ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދުމަށް އެދި ކުރި އިޢުލާން ނަންބަރ: (IUL)419-CAA/419/2024/46 އިސްލާޙް ކުރުން

 

ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: ޖަމާޢަތްތެރިން (ވަގުތީ / ވޭޖް އުޞޫލުން)

އުޖޫރަ:

  1. ހިނަވާ ކަފުންކުރާ މީހުން: ހިނަވާ ކަފުންކުރާ ކޮންމެ މައްޔިތަކަށް 300/-
  2. ހިނަވާމީހާގެ އެހީތެރިޔާ: ހިނަވާ ކަފުންކުރާ ކޮންމެ މައްޔިތަކަށް 250/-
  3. ކަށުނަމާދު ކުރާ މީހާ: ކޮންމެ މައްޔިތަކަށް 200/-
  4. ވަޅުކޮންނަ މީހާ: ކޮންމެ މައްޔިތަކަށް 350/-
  5. ވަޅުކޮންނަ މީހާގެ އެހީތެރިޔާ: ކޮންމެ މައްޔިތަކަށް 350/-

ޝަރުތު:

ހިނަވާ ކަފުންކުރާ މީހުން: ކަށުކަމާކެމީގެ ކޯސްފުރިހަމަކޮށް ހިނަވާ ކަފުން ކުރުމުގެ ހުއްދަ ލިބިފައިވާ ސަނަދެއް އޮތުން

ހިނަވާމީހާގެ އެހީތެރިޔާ: ކަށުކަމާކެމީގެ ކޯސްފުރިހަމަކޮށްފައިވުން

ވަޅުކޮންނަ މީހާ / ވަޅުކޮންނަ މީހާގެ އެހީތެރިޔާ: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ގައްދޫގައި މަރުވާ މީހުން އެމީހުންގެ އާއިލާގެ މީހުން އެދޭގޮތެއްގެ މަތިން ހިނަވާ ކަފުންކުރުމާއި އެކު ކަށުނަމާދުކޮށް ވަޅުލުން

ވަޒީފާއަށް ޤާބިލް ފަރާތްތައް ހޯދުމަށް ބެލޭނެ ކަންތައްތައް:

  • ·        ކަމާއި ގުޅުންހުރި ދާއިރާއިން ހޯދާފައިވާ ސަނަދުތަކާއި ލިބިފައިވާ ތަޖްރިބާއާއި ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.

ވަޒީފާއަށް އެދި ހުށައަޅާ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ސިޓީ
  • ލިބިފައިވާ ސަނަދު، ސެޓިފިކެޓްތަކުގެ ކޮޕީ
  • އައިޑީ ކާރޑް ކޮޕީ

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

 މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށައެޅުންވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 778779 ނުވަތަ 6840003 މި ނަންބަރަށް ގުޅުންވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 މޭ 2024
ހޯދާ