މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ނެރުބައްތި ސަޕްލައިކޮށްދެވޭނެ ފަރާތެއް ހޯދުމާބެހޭ

މާލެ އަދި ވިލިނގިލީގެ ބަނދަރުގެ ބޭރުތޮށީގައި ޖަހަން ނެރުބައްތި ސަޕްލައިކޮށްދެވޭނެ ފަރާތެއް ހޯދުމާބެހޭ:

މާލެ އަދި ވިލިނގިލީގެ ބަނދަރުގެ ބޭރުތޮށީގައި ޖަހަން ނެރުބައްތި ސަޕްލައިކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ