ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

ސީނިއަރ އެސޯސިއޭޓް، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

2 (ދޭއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯގައިވާ ކަންކަން ހާސިލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.

- އިޤްތިޞާދީ ދާއިރާއިން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ މަޤުޞަދުތައް ހާސިލުވާނެގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.

- ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި އެކުލެވިފައިހުރި އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތައް ތަންފީޛުކުރެވެމުންދާ މިންވަރު ބެލުން.

- ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވައިލުމުގައި ކުރަންޖެހޭ ދިރާސާތައްކޮށް، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ކުރުން.

- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިޤްތިޞާދީ ދާއިރާއާ ގުޅޭ މަޢުލޫމާތު ތައްޔާރުކުރުން.

2. މަގާމުގެ ނަން:

ސީނިއަރ އެސޯސިއޭޓް، ގަވަރނަންސް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ގަވަރނަންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރާވައި ހިންގުން.

- ގަވަރނަންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ ގުޅުންހުރި ދާއިރާތަކަށް ސަރުކާރުން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަޤްޞަދުތައް ހާސިލްވާނޭގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.

- މިހާރުން މިހާރަށް ޤައުމުގައި ހިނގާ އަދި ސަރުކާރުގެ ތެރެއިން ކުރިއަށް ގެންދަން ރާވައިފައިވާ މުހިންމު ކަންކަމާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް އަންނަ މައްސަލަތަކާގުޅޭ މަސައްކަތްތައް ކުރުން.

- ރެޕިޑް އެކްޝަންގެގޮތުގައި ކަނޑައެޅޭ ކަންކަމާ ގުޅިގެން އެކުލަވައިލެވޭ ކޮމިޓީ/ ބޯޑުތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓްފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ޕޮޓޯކޮޕީ.

އިތުރު މަޢުލޫމާތު:

މި މަގާމުތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 މޭ 29 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

23 މޭ 2024
ހޯދާ