މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއްތަކެތި ގަތުމަށް

ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ

އަލަށް އިމާރާތްކުރެވުނު ހދ.ހަނިމާދޫ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި މެޝިނަރީ އަދި އެހެނިހެން ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

14 މޭ 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

19 މޭ 2015 (އަންގާރަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.

21 ރަޖަބު 1436

10 މޭ 2015
ހޯދާ