ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' ލައިވް ސްޓްރީމް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ؛

'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' ލައިވް ސްޓްރީމް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ؛

 

2024 އޮކްޓޯބަރު 25 ގައި ފެށުމަށް ހަމަޖެހިދައިވާ 'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' ، ލައިވް ސްޓްރީމް މަސައްކަތް ކުރާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. އެހެންކަމުން ތިރީގައި މިވާކަންކަން ހިމެނޭގޮތަށް 2024 ޖޫން 5 ވަނަ ދުވަހުގެ މެންދުރު 1:30 އަށް ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ޒަރީއާއިން  ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] ނުވަތަ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9111005 އަށް ގުޅުއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްޞީލް؛

  1. މުބާރާތުގެ ހުރިހާ މެޗްތައް ކައުންސިލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލައިވް ސްޓްރީމްކުރުން.
  2. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގެ ޚާއްޞަ ކަވަރޭޖް ކައުންސިލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލައިވް ސްޓްރީމްކުރުން.
  3. މެޗް ފިކްސްޗާސް އަދި ސްކޯ އަދި ސްޕޮންސަރސް ލޯގޯ ލައިވް ސްޓްރީމްގެ އެކަމަށް ހުސްކުރެވޭ ވަގުތުތަކުގައި ދެއްކުން.
  4. މުބާރާތާއި ގުޅޭ ތީމްލަވައިގެ ވީޑިއޯގްރަފީ ތައްޔާރުކުރުމާއިއެކު  އެކަމަށް ހުސްކުރެވޭ ވަގުތުތަކުގައި ދެއްކުން.
  5. މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ ވީޑިއޯ އެޑްތައް އެކަމަށް ހުސްކުރެވޭ ވަގުތުތަކުގައި ދެއްކުން.
  6. މުބާރާތް ފަށައި ނިމެންދެން މެޗްތަކުގެ VAR   ސިސްޓަމް ޤާއިމްކުރުން.
  7. މުބާރާތް ފަށައި ނިމެންދެން މެޗްތަކުގެ ކޮމެންޓަރީ ގެނެސްދިނުން.
  8. މީގެ އިތުރުންވެސް މުބާރާތާއި ގުޅޭ މިނޫންވެސް މިދާއިރާގައިހިމެނޭ މަސައްކަތް ކުރުން.
  9. ބީލަން ކާމިޔާބުކުރާ ފަރާތުން މުބާރާތް ފަށާދުވަހުން ފެށިގެން މުބާރާތްނިމެންދެން މަސައްކަތް ކުރަންވާނެއެވެ.
  10. މުބާރާތުގެ މުއްދަތުކަމަށް ލަފާކުރެވެނީ 15 އާއި 20 އާއި ދޭތެރޭގެ މުއްދަތެކެވެ.

 

ބަލާލާނެ ކަންކަން؛

  1. ބީލަން ހުށަހަޅާ ފަރާތުން މީގެކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ 'އޯޑިއަންސް ރީޗް' އަދިޝޯޝަލް މީޑިއާގައި ރީޗް އެންމެ ގިނަފަރާތްތައް.
  2. ބްރޭންޑް ޕްރޮމޯޝަން ކޮށްދެވޭނެ މިންވަރު.
  3. ބިޑް އެވޯޑް ކުރުމުގައި އުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުޞޫލު ގައިވާ ގޮތަށް ސަރަޙައްދަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 


ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑު

ވަޒަންކުރުން

 

އަގު

80

 

ތަޖުރިބާ

20

22 މޭ 2024
ހޯދާ