ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

      މިރަށުގައި މިހާރު ހަދަމުންދާ ފުޓުބޯޅަ ދަނޑާއި އުލިގަމު ސްކޫލާއި އިންވެގެންވާ އިރުމަތީ ފަރާތުގެ މަގު ހެދުމަށްޓަކައި، މި ދެންނެވި ބިންތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

      ވީމާ، މި ދެންނެވި ބިމުގައި މި އިދާރާއިން ލިޔުމަކުން ހުއްދަ ލިބިގެން އެއްވެސް ފަރާތަކުން އިންދާފައިވާ އެފަރާތެއްގެ އަމިއްލަ ރުއްގަސް ހުރިނަމަ، ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނެގޮތަށް 2024 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މިބިމުގައި ހުރި ރުއްގަހުގައި މި އިދާރާއިން ވާނީ 1 ކުން 31 އަށް ރަތް ކުލައިން ނަންބަރު ޖަހާފައެވެ.

      މި އިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 މޭ 2024
ހޯދާ