ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގަމުން ގެންދާ އޮފީސް އިމާރާތް 2 އަހަރުދުވަހުގެ މުއްދަތަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީގެ ނަންބަރު: (IUL)221-ASS/221/202413 (މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގަމުން ގެންދާ އޮފީސް އިމާރާތް 2 އަހަރުދުވަހުގެ މުއްދަތަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުން) އިއުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެމަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މޭ 22 ވާ ބުދަ ދުވަހުން ފެށިގެން 2024 މޭ 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/ia1Rf7WQy7

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

22 މޭ 2024
ހޯދާ