ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޮންޓްރެކްޓް އުސޫލުގެ ދަށުން މަސައްކަތުމީހެއްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:  މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 136.67 (ސަތޭކަ ތިރީސް ހަރުފިޔާ ފަސްދޮޅަސް ހަތްލާރި)

ވަޒީފާ އަދާކުރަންޖެހޭ ތަން: މަކުނުދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ މުއްދަތު: 1 (އެކެއް) އަހަރުދުވަސް

ފެންވަރު ނުވަތަ ޝަރުޠު:

  1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން.
  2. އިލެކްޓްރިކް، ވަޑާން، ސިމެންތީގެ މަސައްކަތްތައް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
  2. އިދާރާގެ ގޯތިތެރެ ނުވަތަ އިދާރާއިން ބަލަހައްޓާ ތަންތަނުގެ ގޯތިތެރެ، އިދާރާއިން އަންގާގޮތެއްގެމަތިން ބެލެހެއްޓުން.
  3. އިދާރާގެ ބޭރުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  4. ލޯކަލް ކައުންސިލްގެ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަން ދިނުން.
  5. ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ އަޞްލު)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އޮފީސްތަކާއި، މަޤާމްތަކާއި، ވަޒީފާ އަދާކުރި މުއްދަތު ބަޔާންކޮށްފައިވާ)(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ އަޞްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި:

18 މޭ 2015 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

އިންޓަވިއު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2015 މޭ 21 ވާ ބުރާސްފަތި ދުވަހުއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓް:

 

މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތްކުރަންޖެހޭނީ، ރަސްމީ ކޮންމެ ދުވަހެއްގެ 8:00 ން 15:00 އަށެވެ. މިގޮތުން، އެއްއަހަރުދުވަހަށްވުރެ، އިތުރަށް ގެންގުޅެން ބޭނުންވާނަމަ، އެގްރިމެންޓް އާކުރާނެއެވެ. އެގްރިމެންޓް އާކޮށްގެންވެސް ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުން ގެންގުޅެވޭނީ އިތުރު އެއްއަހަރު ދުވަހަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520038 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ