ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް

           2024 މެއި 08 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކަށް އެފުރުޞަތު 22 މެއި 2024 ވަނަދުވަހުން ފެށިގެން 04 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

            މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، ދެންނެވިފައިވާ ތާރީޚްގެ ކުރިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 04 ޖޫން 2024 ވަނަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެ، އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

                         14 ޛުލްޤައިދާ 1445

22 މޭ 2024
ހޯދާ