މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާއި އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނު ކުރުމުގެ އުސޫލް 2015

އިޢުލާން

"ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުން މުސާރައާ އެއްވަރުގެ އެލަވަންސް ދީގެން އިތުރަށް ތަމްރީނު ކުރުމުގެ އުސޫލު 2015" ގެ ދަށުން 26 ޖަނަވަރީ 2015 ގައި ކުރެވުނު އިޢުލާނަށް ކުރިމަތިލައްވާފައިވަނީ ވަރަށް މަދު ފަރާތްތަކުން ކަމަށްވާތީވެ، މިފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ. ވީމާ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުންގެ ތެރެއިން މުސާރައާ އެއްވަރުގެ އެލަވަންސް ލިބިގެން އިތުރަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.                     

1. ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

ހ. މަތީ ސާނަވީ އިމްތިޙާނުގެ

  • އޭ ފާހަކަށް 5 ޕޮއިންޓް
  • ބީ ފާހަކަށް 4 ޕޮއިންޓް
  • ސީ ފާހަކަށް 3 ޕޮއިންޓް
  • ޑީ ފާހަކަށް 2 ޕޮއިންޓް
  • އީ ފާހަކަށް 1 ޕޮއިންޓް

ށ. ސާނަވީ އިމްތިހާނުގެ

  • އޭ ފާހަކަށް 2.5 ޕޮއިންޓް
  • ބީ ފާހަކަށް 2 ޕޮއިންޓް
  • ސީ ފާހަކަށް 1.5 ޕޮއިންޓް
  • ޑީ ފާހަކަށް 1 ޕޮއިންޓް

ނ. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ:

  • ސެޓްފިކެޓް ލެވެލް 4 - 25 ޕޮއިންޓް
  • ސެޓްފިކެޓް ލެވެލް 5 - 35 ޕޮއިންޓް
  • ސެޓްފިކެޓް ލެވެލް 6 - 45 ޕޮއިންޓް
  • ސެޓްފިކެޓް ލެވެލް 7 - 60 ޕޮއިންޓް
  • ސެޓްފިކެޓް ލެވެލް 8 - 65 ޕޮއިންޓް
  • ސެޓްފިކެޓް ލެވެލް 9 - 75 ޕޮއިންޓް
  • ސެޓްފިކެޓް ލެވެލް 10 - 85 ޕޮއިންޓް

ރ. މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ

  • ޖީ.އެސް 1 އިން އެމް.އެސް 2 އަށް: ކޮންމެ އަހަރަކަށް 1.5 ޕޮއިންޓް (ޖުމުލަ 6 ޕޮއިންޓް)
  • އެމް.އެސް 3 އިން އީ.އެކްސް 2 އަށް: އަހަރަކަށް 2 ޕޮއިންޓް
  • އީ.އެކްސް 3 އިން އީ.އެކްސް 6 އަށް: އަހަރަކަށް 3 ޕޮއިންޓް
  • އީ.އެކްސް 6 އަށްވުރެ މަތީ ފެންވަރެއްގެ މަޤާމަކަށް: އަހަރަކަށް 4 ޕޮއިންޓް

ބ. އެހެނިހެން ޚިދުމަތުގެ މަސައްކަތާ ގުޅޭ ތަޖުރިބާ (ވަޒީފާއާ ސީދާ ނުގުޅޭ)

  • ޖީ.އެސް 1 އިން އެމް.އެސް 2 އަށް: ކޮންމެ އަހަރަކަށް 1 ޕޮއިންޓް (ޖުމުލަ 3 ޕޮއިންޓް)
  • އެމް.އެސް 3 އިން އީ.އެކްސް 2 އަށް: އަހަރަކަށް 1.5 ޕޮއިންޓް
  • އީ.އެކްސް 3 އިން އީ.އެކްސް 6 އަށް: އަހަރަކަށް 2 ޕޮއިންޓް
  • އީ.އެކްސް 6 އަށްވުރެ މަތީ ފެންވަރެއްގެ މަޤާމަކަށް: އަހަރަކަށް 3 ޕޮއިންޓް

ޅ. ވަޒީފާ އަދާކުރި މުއްދަތަށް ކޮންމެ އަހަރަކަށް 1 ޕޮއިންޓް (ޖުމުލަ 3 ޕޮއިންޓް)

(ރ) އަދި (ބ) ގައި ހިމެނޭ ބައިތަކަށް ޕޮއިންޓްދޭނީ މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުމަށް، މުވައްޒަފު މަސައްކަތްކުރިކަމަށް ބަޔާންކޮށް އެ އޮފީހަކުން ދޫކުރާ ލިއުމެއް ހުށަހެޅުމުންނެވެ.

(ހ)، (ށ) އަދި (ނ) އަށް ޕޮއިންޓް ދިނުމުގައި އެއް ފެންވަރުގެ ދެ ސެޓްފިކެޓް ހުށަހެޅުއްވިނަމަ ޕޮއިންޓް ދޭނީ އެއް ސެޓްފިކެޓަށެވެ.

މިފުރުޞަތުގެ ދަށުން ތަމްރީނު ކުރެވޭނީ ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާގައި ތަޢުލީމީ ދާއިރާއަށް މިހާރުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ (ފާއިތުވި 3 އަހަރުވެސް ޚިދުމަތް ކޮށްފައިވާ)، އަދި އުމުރުން 45 އަހަރު ނުވާ ފަރާތްތަކެވެ.

2. 2015 ވަނަ އަހަރަށް ތަމްރީނު ކުރުމަށް ކަނޑައަޅާ ދާއިރާތަކާއި، ތަމްރީނުވުމަށްފަހު މަސައްކަތްކުރަންޖެހޭ އޮފީސްތަކާއި، މިއުސޫލުގެ ދަށުން މީހުން ތަމްރީނުކުރުމަށް ކަނޑައަޅާ ލެވެލްތައް.

(އެޓޭޗްކޮށްފައި)

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 20 މޭ 2015 ވާ ބުދަ ދުވަހުގެ 12:00 އަށް

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް ނުވަތަ ވަޒީފާ އަދާކުރާ ސްކޫލުގެ އޮފީހަށެވެ.

އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ