ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ ބަނދަރު ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތިނަދޫ ސިޓީގެ ބަނދަރު ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

       ތިނަދޫ ސިޓީގެ ބަނދަރު ބޯޑުތައް ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

22 މެއި 2024 – 30 މެއި 2024

 

 

ތިނަދޫ ސިޓީ ކައުންސިލް އިދާރާ/މެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

09 ޖޫން 2024

އާދިއްތަ

13:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                      14 ޛުލްޤައިދާ 1445

22 މޭ 2024
ހޯދާ