މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                    ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:             257882    

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:               އެމް. އެސް. 1

ސަރވިސް:                 ޓެކްނިކަލް ސަރވިސް

ބޭނުންވާ އަދަދު:              1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:    މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:                   އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމުގެ މުސާރަ:             މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:         މަހަކު 2000.00 ރުފިޔާ

* އެހެނިހެން ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ޢިނާޔަތްތައް، ސިވިލް ސަރވިސްގެ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ. 

* މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

* މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމާއި، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  2. ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ކައުންސިލްގެ އަހަރީ ޕްލޭން އެކުލަވައިލައި، އެ ޕްލޭން ތަންފީޒްކުރުމުގެގޮތުން ކަމާގުޅޭ ޔުނިޓްތަކާ ހަވާލުކުރުން.
  4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތިމީހުންގެ ތަޢުލީމީ ފެންވަރާއި، ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ރަށުގެ ތިމާވެއްޓާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  6. ރަށު ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮޖެކްޓްތަކަށް ބޭނުންވާ އީ.އައި.އޭ. ހެއްދުމަށް އެދުމާއި، އެކަމާ ގުޅޭ މަސައްކަތްތައް ކުރުން.
  7. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުން.
  8. ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމު ތޮށްޓާއި، ކަނޑުތޮށި މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.
  9. ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ކަރަންޓާއި ފެނާއި، ފާޚާނާ، ނަރުދަމާގެ ނިޒާމު ފަދަ އާންމު ޚިދުމަތްތައް ބެލެހެއްޓުން.
  10. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް، ފަސިންޖަރުން އުފުލުމުގެ ސެޓްފިކެޓް، ބަރުމަރުކާގެ ސެޓްފިކެޓް، މަސްވެރިކަމުގެ ލައިސަންސް ހަދައި، އެތަކެތި ހަވާލުކުރުން.
  11. އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި، އާންމު ޕާކުތަކާއި، މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  12. މަގުމަތީ މީހުން ހިގައިބިނގައި އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
  13. ރަށުގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮޖެކްޓްތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ތަރައްޤީގެ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައް ކޮށް ބެލެހެއްޓުން.
  14. ރަށުން ދޫކުރެވޭ ބިންތައް ލޭންޑްޔޫސް ޕުލޭނާ ތަޢާރަޒުނުވާގޮތަށް ރެކޯޑްތައް ބެލެހެއްޓުން.
  15. ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާއި، ބިމުގެ ރަޖިސްޓަރީއާއި، ރަހުނު ރަޖިސްޓަރީ ހަދައި، ރެކޯޑް ބެލެހެއްޓުން.
  16. ދިރިއުޅުމަށް ދޫކުރެވޭ ގޯތި ދޫކުރުމާއި، ވަކިކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  17. ދިރިއުޅުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާއި، ވަކިކުރުމާބެހޭ ކަންތައްތައް ކުރުން.
  18. ރުއްގަހުގެ ބަދަލު ދިނުމާއި، ކަނޑަންޖެހޭ ރުއްގަސް ކެނޑުމާބެހޭ ކަންތައްތައް ބެލެހެއްޓުން.
  19. ގޯތި އިންވަކިކޮށްދިނުމުގައި އެހީތެރިވުން.  
  20. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ބިނާތައް ބެލެހެއްޓުން.
  21. ރަށުކައުންސިލުން ހިންގާ ތަރައްޤީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު ފުޅާކޮށް، އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތްކުރުން.
  22. ރަށު ކައުންސިލް އިދާރާގެ ބެލުމުގެދަށުގައި ހުންނަ ފަޅުރަށްތައް ކުއްޔަށްދޫކޮށް، އެގްރިމެންޓް ހަދައިދީ، މޮނީޓަރކޮށް ބެލެހެއްޓުން.
  23. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުމަށް އެހީތެރިވެދީ މަސައްކަތްކުރުން.  
  24. ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  25. ކޮންމެވެސް ސަބަބަކާހުރެ އެހެން މުވައްޒަފަކު ހާޒިރުނުވާ ދުވަހެއްނަމަ، އެ މުވައްޒަފެއްގެ މަސައްކަތް، ޒިންމާދާރުވެރިޔާ ހަވާލުކުރާ އުޞޫލެއްގެމަތިން ކުރުން.
  26. އިދާރާގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަމަކަށް އެދިއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުން.
  27. ރަށު ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކާއި، ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:  

 1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

 2- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމުރީނާއި، ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

 3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު އޮންނަ ދުވަހާއި ގަޑިއާއި، ތަނާއިބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް، މި އިދާރާގެ ކޯޕަރޭޓިވް އެފެއާޒުން އަންގާނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:  

2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެފްލިކޭޝަން ފޯމް (އެފްލިކޭޝަން ފޯމް، ރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ސަރުކާރަށޤ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ރ. އިނގުރައިދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ (ސިވިލް ސަރވިސް ކޮމިޝަނުގެ ނަމޫނާގައިވާގޮތަށް)

ނޯޓް:

- މި މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި 1 އެޕްރީލް 2015 ގައި ކޮށްފައިވާ މި އިދާރާގެ IUL)309-CBF/309/2015/37) ނަންބަރުގެ އިޢުލާނަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވުމުން، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.     

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

16 ރަޖަބު 1436

05 މޭ 2015
ހޯދާ