މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޕްލާސްޓިކް ގޮނޑިއާއި މޭޒު ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް ޕްލާސްޓިކް ގޮނޑިއާއި މޭޒު ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ބިޑު ކާމިޔާބު ކުރި ފަރާތުން މިތަކެތި ސަޕްލައިކޮށްދީފައިނުވާތީ 16 ޑިސެންބަރު 2014 ގައި ކުރި ނަންބަރު: IUL)141-A/1/2014/318) އިޢުލާން ބާޠިލުކޮށް، މިތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް)

ބުދަ

13 މޭ 2015

11:00

އަންދާސީހިސާބު ހުށަހެޅުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް)

އަންގާރަ

19 މޭ 2015

11:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ