ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް ލޯންޗް (ޑެކޯރާ) މަރާމަތް ކޮށްދޭނެ ފަރާތެއް ހޯދުން

އަތޮޅު ކައުންސިލް ލޯންޗް (ޑެކޯރާ) މަރާމަތް ކޮށްދޭނެ ފަރާތެއް ހޯދުން:

އަތޮޅު ކައުންސިލް އިދާރާގެ ޑެކޯރާ ލޯންޗްގެ މަރާމާތުތައް، އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީކުރުމަށްފަހު، އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ ލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީވުން އެދެމެވެ.

1

ރަޖިސްޓްރީވުން

30 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް މިއިދާރާގެ ވެބްސައިޓްގައިވާ ލިންކް https://laamu.gov.mv/bid މެދުވެރިކޮށް އޮންލައިން ފޯމް، ބީލަމުގައި ރަޖިސްޓްރީ ވެވޭނެއެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

2 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅުކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

3

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

21 މޭ 2024
ހޯދާ