މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްލާސްޓިކު ޕެލެޓް ގަތުމަށް

ޕްލާސްޓިކު ޕެލެޓް ގަތުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ގުދަނުގައި ބޭނުންކުރުމަށްޓަކައި ޕްލާސްޓިކު ޕެލެޓް ގަތުމަށް ނަންބަރު: IUL)22-PU/1/2015/132) އިޢުލާނާ ގުޅިގެން ތިން ފަރާތުން ބިޑް ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

12 މޭ 2015 (އަންގާރަ) ދުވަހުގެ 13:00 އަށް

17 މޭ 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނާއެވެ.

17 ރަޖަބު 1436

06 މޭ 2015
ހޯދާ