މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު- ރޯޝަނީ ބިލްޑިންގް ގެ ދެވަނަ ފްލޯރގައި ހުރި އެގްޒެކެޓިވް ރޫމްގައި ކުރަންހުރި މަރާމާތު މަސައްކަތް ކުރުމަށްބޭނުންވެއެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ރޯޝަނީ ބިލްޑިންގް ގެ ދެވަނަ ފްލޯރގައި ހުރި އެގްޒެކެޓިވް ރޫމްގައި ކުރަންހުރި މަރާމާތު މަސައްކަތް ކުރުމަށްބޭނުންވެއެވެ.

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 22 މޭ 2024 ވާ ބުދަ ދުވަހު ގެ 14:30 ން 15:30 އަށް ރޯޝަނީ ބިލްޑިންގް އަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 10:00 ގެ ކުރިން  [email protected] އަށް މެއިލްކުރެއްވުން  ނުވަތަ 3014489 އަށް ގުޅުއްވުން އެދެމެވެ.

 

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 

21 މޭ 2024
ހޯދާ