މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ - އޮރެންޖު ހިޔާ ތިންވަނަ ފަންގިފިލާގެ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސާރވިސަސް ގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމަށް

ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ 

އޮރެންޖު ހިޔާ ތިންވަނަ  ފަންގިފިލާގެ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސާރވިސަސް ގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 25 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 14:30 ން 15:30 އަށް  އޮރެންޖް ހިޔާ އަށް ވަޑައިގެން ދެއްވުން އެދެމެވެ.  އިތުރު މައުލޫމާތު ސާފު ކުރުމަށް ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3014490 އަށް ގުޅުއްވުން އެދެމެވެ.

 މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

21 މޭ 2024

21 މޭ 2024
ހޯދާ