މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެލްޑާރލީ ކްލަބް ހަރަކާތްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރުން

ކްލަބް ހައުސްގައި 60 އަހަރުން މަތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ އެލްޑަރލީ ކްލަބްގައި ބައިވެރިވުމަށް ޝަޤުވެރިކަން ފާޅުކޮށް، ފޯމް ހުށައަޅާފައިވާ ފަރާތްތަކާއެކު މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް މާދަމާ 2024 މޭ 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދާނެއެވެ.

ވީމާ، ދެންނެވިފައިވާ ގަޑިއަށް އެލްޑަރލީ ކުލަބްގައި ބައިވެރިވުމަށް ފޯމް ހުށައަޅާފައިވާ ފަރާތްތަކުން ނުވަތަ އެ ފަރާތަކުގެ ބެލެނިވެރިއަކު ޒުވާނުންގެ މަރުކަޒަށް ހާޒިރުވުމަށް އެދި ދައުވަތު އަރުވަމެވެ.

21 މޭ 2024
ހޯދާ