މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުސޫލުން ކުނިކޮށްޓައް ޑްރައިވަރެއް ހޯދުމަށް

އިޢުލާން

 

 

ވޭޖް އުސޫލުން ކުނިކޮށްޓައް ޑްރައިވަރެއް ހޯދުމަށް

މިއިދާރާގެ ބެލުމުގެ ދަށުގައިވާ ށ. މިލަންދޫ ކުނިކޮށީގައި ޑްރައިވަރގެ މަސައްކަތް ކުރުމަށް 7 މަސް ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

1 (ހައެއް)

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 7 މަސްދުވަސް

ވަޒީފާއަދާ ކުރަންޖެހޭ ތަން:

ށ. މިލަންދޫ ކުނިކޮށި / ށ. މިލަންދޫ ކައުންސިލްގެ އިދާރާ

 މުސާރަ:

-     މަސައްކަތްކުރާ ގަޑިއަކަށް 00.31 (ރުފިޔާ)

މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

  ދުވާލަކު 8 ގަޑިއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުތުތައް:

މަޤާމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން (އެއްގަމު އުޅަނދު ދުއްވުމުގެ  C2 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން)

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން،
  3. ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  4. ޕިކަޕްގައި އެކި ބާވަތްތަކުގެ ކުނި ވަކި ވާގޮތަށް ޑަސްބިން ބަހައްޓާ އެގޮތަށް ކުނި އެޅުމާއި ކުނިކޮށްޓަށް އެކުނިތައް އުފުލުމާއި ކުނިތައް ތަރުތީބު ކުރޭތޯ ބެލުން،
  5. ކުނިނަގާ ނިމުމުން ކުނިކޮށގައި މަސައްކަތް ކުރާ މުއައްޒަފުންނަށް އެހީތެރިވުން،
  6. ކޮންމެދުވަހަކު ޕިކަޕް ދޮވެ ސާފްކޮށް ޕިކަޕް ގަރާޖަށް ވެއްދުން،
  7. ޤަވައިދުން ޕިކަޕް ދޮވެ ތެއޮޖެހުމަށް ކުރަންޖެހޭ މަސައްކަތް ކުރުން،
  8. ކުނި ވަކިނުވެ ހުންނަ ގެތަކާއި ތަންތަނާއި ހާއްސަ ކުނި ގެންގުޅުމުގައި ޤަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ނޯޓު ކުރުމާއި ދުވަހުން ދުވަހަށް ކައުންސިލުން ކަނޑައަޅާ ފަރާތަކާއި ހިއްސާކުރުން،
  9. ޕިކަޕަށް ދިމާވާ މައްސަލަތައް ވަގުތުން އެންގުން،
  10. ޕިކަޕުން ތެއޮ ހުސްނުކޮށް ގަވައިދުން ތެއޮ އެޅުމާއި އަޑީ ތެޔޮ، ގިޔަރު ތެޔޮ، ބުރެކި ތެޔޮ ޤަވައިދުން ބަދަލު ކުރުމާއި ބެޓެރި ފެނާއި ރޭޑިއޭޓާރ ފެން ޗެކު ކުރުން،
  11. ކުނި ކޮށްޓަށް ޕިކަޕް ދާން އޮންނަ މަގު ސާފުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން،
  12. އިޖުތިމާއީ ސަރަހައްދު ތަކުގައި ހުންނަ ޑަސްބިންތަކުން ރަގަނޅަށް ކުނި ހުސްކޮށް ތަރުތީބު ކުރޭތޯ ބެލުން،
  13. ކުނިއުފުލުމަށްކުރާ ދަތުރުތައް ފިޔަވައި، ކައުންސިލުން އަންގައިގެން ކުރަންޖެހޭ ދަތުރުތައް ކުރުން،
  14. ދުވަހުން ދުވަހަށް ކުރަންޖެހޭ މިނޫންވެސް މަސައްކަތްތައް ނިންމުން،

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 މޭ 30 ވަނަ ދުވަހު، މިލަންދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

      ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މޭ 2024 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ، ލައިސެންސްގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540063 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

21 މޭ 2024
ހޯދާ