މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިވެލޮޕް އެންޑް އޮޕަރޭޝަންގެ އުސޫލުން ގެސްޓްހައުސް އަޅާ ވިޔަފާރި ކުރާނެ ފަރާތެއް ހޯދުން.

ލާމަރުކަޒީ ޤާނޫނުގެ ދަށުން މިކައުންސިލުގެ  ސަތޭކަ ޕަސަންޓް ހިއްސާވާ ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޑެޓް އަށް ކ. ތުލުސްދޫ ޓޫރިޒަމް ޒޯން އިން މިކައުންސިލުން ހަމަޖައްސާފައިވާ 14871.07 އަކަފޫޓް ބިމެއްގައި ޑިވެލޮޕް އެންޑް އޮޕަރޭޝަންގެ އުސޫލުން ގެސްޓްހައުސް އަޅާ، ވިޔަފާރި ކުރާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ބިޑް ހުށައެޅުމުގެ ދައުވަތުގައި ބަޔާންކުރާގޮތަށް ބިޑް ރަޖިސްޓްރީކޮށް ބިޑް ހުށައެޅުން އެދެމެވެ.

މިބިމުގެ ބިޑްތައް ނަގާ އިވަލުއޭޓްކޮށް އެވޯޑްކޮށް އަދި އެގްރިމެންޓްކުރާނީ ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ފަރާތުންނެވެ. އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 7810048/6640191 ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

 

ވީމާ، މިކަން އާއްމުކޮށް އަންގުމަށްޓަކައި އިއުލާން ކުރީމެވެ.

20 މޭ 2024
ހޯދާ