މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފޯމު ހުށައެޅުމާއި ގުޅޭ

1445 ވަނަ އަހަރު ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ ޙައްޖު މަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީވެ، މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ފޯމު ހުށަހަޅުއްވައި، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށްއެދޭ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވައި ފޯމާއި އެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުންވުން އެދެމެވެ.

20 މޭ 2024
ހޯދާ