މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މ.ދިއްގަރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "މ.ދިއްގަރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

"މ.ދިއްގަރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ބޯޑުގެ ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

 

#

މަޤާމު

ޢަދަދު

1

އެގްޒެކެޓިވް ޑިރެކްޓަރު (މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ)

1

2

މިނިވަން ޑިރެކްޓަރު

1

މެނޭޖިންގ ޑިރެކްޓަރާއި ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ މުސާރައާއި އިނާޔަތް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލެއްގެ މަތީންނެވެ.

 

 

ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް:

 

އެގްޒެކްޓިވް ޑިރެކްޓަރު

މިނިވަން ޑިރެކްޓަރު

ޝަރުތުތައް

ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް

(ށ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، ވިޔަފާރީގެ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާގައި 02 (ދޭއް) އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު

1-      އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.

2-      ބުއްދި ސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-      ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ " ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

(ނޯޓް: ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތްތަކަށް އިސްކަންދެވޭނެއެވެ.)

4-      ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-      ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމުން ކަނޑައެޅުނު އަދަބު މާޢާފުކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން. ނަމަވެސް ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

6-      އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. 

7-  ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް

(ށ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، ވިޔަފާރީގެ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާގައި 02 (ދޭއް) އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު

 1-      އުމުރުން 18 އަހަރު ވެފައިވާ   ދިވެހި ރައްޔިތެއް ކަމުގައިވުން.

2-      ބުއްދިސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-      ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ " ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

(ނޯޓް: ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތްތަކަށް އިސްކަންދެވޭނެއެވެ.)

4-      ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-      ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމުން ކަނޑައެޅުނު އަދަބު މާޢާފު ކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން. ނަމަވެސް ވައްކަމާއި ޓެކުން އަދު ޙިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

6-      އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

7-  ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

8- ވޭތުވެދިޔަ 2 އަހަރު ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތެއްކަމުގައި ނުވުން.

9- ވޭތުވެދިޔަ 2 އަހަރު ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

 

 ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތައް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ޝަރުތެއް، ޢައްޔަންކުރެވޭ ފަހުންވެސް އުނިވެއްޖެނަމަ، އެމީހަކު ޑިރެކްޓަރުންގެ ބޯޑުން ވަކިކުރެވޭނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ލެޓާ އޮފް އިންޓަރެސްޓް
  2. ސީވީ
  3. ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)
  4. ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ
  5. ކުށާއި ދަރަނީގެ ރެކޯޑް (އުމުރަށް)
  6. "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއްނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)

 

 މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، މަތީގައި ބަޔާންކުރެވުނު ޝަރުތުތައް ހަމަވާ ފަރާތް ތަކުން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 06 ޖޫން 2024 ގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް މަތީގައި ދެންނެވުނު ލިޔުންތައް ފޮނުވުން އެދެމެވެ.

ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، މ. ދިއްގަރު ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް މ. ދިއްގަރު ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް އައްޔަނު ކުރެވޭ ފަރާތްތައް ކަނޑައެޅޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

20 މޭ 2024
ހޯދާ