މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރެވޭ 16 ގޯއްޗާއި މަގުތަކުގެ ރުއްގަސް ނަގައިދޭނެފަރާތެއް ހޯދުން

މި އިދާރާގެ ނަމްބަރ: (IUL)363-ADM/363/2024/17 (12 މެއި 2024) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އެކަމަށް އަންދާސީ ހިސާބު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވޭވަށުގައި ދިރިއުޅުމަށް އެންމެފަހުން ދޫކޮށްފައިވާ 16 ބަންޑާރަ ގޯއްޗާއި އެގޯތި ތަކަށް ވަދެ ނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިވާ 193 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. އެގޮތުން ދޫކުރެވިފައިވާ 16 ގޯތީގެ ތެރެއިން ރުއް ނަގަން ބޭނުންވާ ހުރިހާ ގޯއްޗަކާއި މަގުތައް ހިމެނޭގޮތަށް ރުއްތައް ނެގުމާއި ގޯތި ތަކުގެ ފަސްގަނޑު އެއްވަރު ކުރުމާއި މަގުތަކުގެ ފަސްގަނޑު އެއްވަރު ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަސައްކަތް ކޮށްދޭނެ ގޮތުގެ ޕްރަޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރުއްތައް ނެގުމަށް ހަވާލު ކުރެވޭ ފަރާތަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ރުއްތައް ނެގުމަށް މިއިދާރާއަށް ދޫކުރާ ހުއްދަ އާއި، ނަގާ ރުއްތައް މިރަށުން ބޭރުކޮށްގެން ގެންދިއުމާއިމެދު މިނިސްޓްރީ އޮފް ފިޝަރީޒް، އެންޑް އޯސަން ރިސޯސަސް އާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން އިޢުތިރާޒެއް ނެއްކަމަށް މިއިދާރާއަށް ދޫކުރާ ލިޔުމުގެ ކޮޕީ ދެވޭނެއެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީކުރުން

26 މެއި 2024

އާދީއްތަ

11:30

އަންދާސީ ހިސާބު ބަލައިގަތުން

28 މެއި 2024

އަންގާރަ

11:00

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރަޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ބަދަލުގައި ފޮނުއްވަވާ ފަރާތުގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. ޕްރަޕޯސަލް ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ޕްރަޕޯސަލް ހުށަހަޅުއްވަން  ވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި ޕްރަޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުން ރުއްނެގުމަށް އެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: https://forms.office.com/r/pWnzMMqeQ8?origin=lprLink

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

20 މޭ 2024
ހޯދާ