މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން .

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރަމުންގެންދާތީ، މިދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކުން ފޯމް ހުށަހަޅުމުގެ ފުރުޞަތު 19މެއި 2024 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލަމެވެ.

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށްއެދޭ ފޯމް 19 މެއި 2024ވާ އާދިއްތަ ދުވަހުން ފެށިގެން މިކައުންސިލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުން އޮންނާނީ 19 މެއި 2024ވާ އާދިއްތަ  ދުވަހުން ފެށިގެން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 13.00އާއި ހަމައަށެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައިނުގަނެވޭނެތީ، މިމުއްދަތުގައި ފޯމް ހުށަހެޅުމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުން އެދެމެވެ.  

              ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 މޭ 2024
ހޯދާ