އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ އީދި ސަމާ 1445 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ފުޓްސަލް މުބާރާތާއި ގުޅޭ

އިޢުލާން

                                                

އައްޑޫ އީދި ސަމާ 1445 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ފުޓްސަލް މުބާރާތާއި ގުޅޭ:

                        1445 ވަނަ އަހަރު ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިއަވަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫއަށް ނިސްބަތްވާ އައްޑޫގެ ޓީމްތަކަށެވެ.

                    މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު މަރަދޫފޭދޫ އަވަށު އޮފީހުން ލިބެންހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 26 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00 ގެ ކުރިންނެވެ. މި މުބާރާތުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން މެންދުރު 02:00 އަށެވެ.


12 ޛުލްޤައިދާ 1445

20 މެއި 2024

20 މޭ 2024
ހޯދާ