މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލައި 2024 މެއި 08 ގައި ގެޒެޓްކޮށްފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.

އަދި ދަންނަވަމެވެ. މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 2024 ޖޫން 08 ގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 13:30 އަށް މަޑުއްވަރީ ކައުންސިލް އިދާރާގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 މޭ 2024
ހޯދާ