ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ކުރުމަށް ފުރުސަތު ހުޅުވާލުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2024/25

ތާރީޚް

‏ 12 ޛުލްޤައިދާްްް 1445

 20  މެއި   2024

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ކުރުމަށް ފުރުސަތު ހުޅުވާލުން

         ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ހުށަހެޅުމުގެ ފުރުސަތު  2024  މެއި 19 އިން 2024 ޖޫން 06 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

           ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މެއި 19 އިން 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ވަގުތުތަކުގައި މިއިދާރާއިންނެވެ. ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.

 

       އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

                                              ހާޝިރު މުޙައްމަދު

                                           ކައުންސިލްގެ ނާއިބް ރައީސް

20 މޭ 2024
ހޯދާ