މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުން ނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ފަޤީރުން ނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލުން

          މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 ން ފެށިގެން ފުރުޞަތު ހުޅުވާލަމެވެ.

             ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް 19 މެއި 2024 އިން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުން  އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ. އަދި މުދަލުޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަންބަރު:496-B2/CIR/2024/1003 (16 މެއި 2024) ގެ ސަރކިއުލަރ އިން ވަނީ އަންގަވާފައެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

20 މޭ 2024
ހޯދާ