ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:

     ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 ވަނަ ދުވަހުން ފެށިގެން ހުޅުވާލަމެވެ.

     ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 19 މޭ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު ފަހު 13:00 އަށެވެ.

     މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ ހައްޖު މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީވެ، މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ 08 ޖޫން 2024 ގެ

ނިޔަލަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

     1445 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލުގެ 11 ވަނަ މާއްދާގައިބުނާ "ދަފްތަރަށް އުނިއިތުރު ގެނައުން"

ބަޔާންކުރެވިފައިވާ ހާލަތެއް މެދުވެރި ނުވާ ފަރާތްތަކަކީ ދަފްތަރުގައި މިވަގުތު ހިމެނިފައިވާ ފަރާތްތައް ކަމުގައި ވާތީ، އެފަރާތްތަކުން އަލަށް ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

     ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވާ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުން

ތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

             ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2024
ހޯދާ